ވިޝަން އަދި މިޝަން

މިނިސްޓްރީގެ ވިޝަން

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤާނޫނު އަސާސީއާއި ޤާނޫނުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.

މިނިސްޓްރީގެ މިޝަން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި އެޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ޙިމާޔަތްކޮށް، ޤާނޫނު އަސާސީގެ ދަށުން އެކަށައަޅާފައިވާ ވެރިކަން ދެމެހެއްޓުމާއި، ޤައުމީ ސަލާމަތް ދެމެހެއްޓުމަށްޓަކައި ސިޔާސަތުތައް ރާވާ ހިންގާ ތަންފީޒުކުރުމާއި، އަދި ޤައުމީ މަސްލަހަތާއި އަމަން އަމާންކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީވުން. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި ސިޔާސީ ސަރަޙައްދު ދިފާޢުކޮށް ބެލެހެއްޓުމާއި، ރާއްޖެއަށް ދިމާވާ ކާރިޡާތަކާއި ޙާދިޡާތަކުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ވިލަރެސްކޮށް އިސްވެ ހަރަކާތްތެރިވުން. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމާއ، ދިވެހިރާއްޖެ ސޮއިކޮށް ތަސްދީޤު ކޮށްފައިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުއާޙަދާތަކާއި އެއްބަސްވުންތަކުގައި މިނިސްޓްރީއިން ކުރަން ލާޒިމްކުރާ އެންމެހާ ކަންތައްތައް ހިންގާ ތަންފީޒުކުރުން. އަދި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށާއި ސަރުކާރުގެ އެހެނިހެން ދާއިރާތަކަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ނިޒާމްތައް ޤާއިމް ކުރުމާއި، ޤާބިލް މުއައްޒަފުން ހޯދާ، މިޚިދުމަތްތައް ދެމެހެއްޓުން.