ޤައުމީ ކެޑޭޓް ކޯގެ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރި ކެޑޭޓުންނާ ޑިފެންސް މިނިސްޓަރ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގެ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރި ކެޑޭޓުންނާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މިފަދަ އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ މުހިންމުކަމާއި ކެޑޭޓުންގެ މެދުގައި އޮންނަ ގުޅުމާއިބެހޭ ގޮތުން ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ ކެޑޭޓުންނާއި ގުޅިގެން ދަސްކުރެވެންހުރި ކަންކަން ބަލާ އެފުރުޞަތުގެ ބޭނުން ހިއްޕެވުމަށް އިރުޝާދު ދެއްވިއެވެ.

ޤައުމީ ކެޑޭޓް ކޯރގެ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރި ކެޑޭޓުންގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާގެ ކެޑޭޓުން ހިމެނެއެވެ.