ޤައުމަށް ކުރިއެރުން ލިބެމުންދަނީ ސުލްޙަމަސަލަސްކަން ޤާއިމްކުރެވިފައިވާތީ: ޑިފެންސް މިނިސްޓަރ

ޤައުމަށް އަންނަ ތަރައްޤީއާއި ޤައުމުގެ ކުރިއެރުން ބިނާވެފައިވަނީ ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރެވި ފަރުދުން އެއްބައިވަންތަ ބަޔަކަށް ވެގެންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

 

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ މޫދުކަސްރަތުން އުފާވެރިކަން މިނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ 13 ވަނަ ޕްރޮގްރާމް ނިއްމާލުމަށް ހއ.ކެލާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމަށް މިއަދު މިހާގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުން މި ގެންދެވެނީ ޤައުމުން ތަރައްޤީގެ ކުލަތައް ފެންނަމުން ދަނީ މުޖުތަމަޢުގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރެވި، މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަށް ދެމެހެއްޓިގެންކަން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީންގެ ޒަޢާމަތުގައި ރާއްޖޭގައި ސުލްޙަމަސަލަސްކަން ޤާއިމް ކުރައްވާފައިވާކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.