ދިފާއީ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދިފާޢީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމާމެދުއެވެ.