ދިފާއީ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
ފެބްރުއަރީ 10 ން 14 އަށް އިންޑިއާގައި ކުރިއަށްދާ "އެއިރޯ އިންޑިއާ 2025" އެކްސިބިޝަންގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާޘް ބައިވެރިވެ ވަޑައިގެންފިއެވެ.
އަދި މި އެކްސިބިޝަންގެ ދަށުން ކުރިއަށްދިޔަ "ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި ސްޓޭޓް މިނިސްޓަރ މުޢާޛު ޙަލީމް ވާހަކަފުޅު ދެއްކެވިއެވެ.
ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި "އެއިރޯ އިންޑިއާ 2025" ގެ ފުރިހަމަ ތައްޔާރީތަކާއި އިންތިޒާމްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޤައުމުތައް ގުޅިގެން އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވާހަކަފުޅު ދެއްކެވިއެވެ.