ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ސްޓޭޓް މިނިސްޓަރ މުޢާޒު ޙަލީމު އިންޑިއާގެ ޑިފެންސް ސްޓޭޓް މިނިސްޓަރއާ ބައްދަލުކުރައްވައިފި

13 ފެބްރުއަރީ 2025

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމް އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ސަންޖޭ ސެތްއާ ބައްދަލުކުރައްވައިފިއެވެ.

މިހާރު އިންޑިއާގައި ކުރިއަށްދާ "އެއިރޯ އިންޑިއާ 2025"ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާ ގުޅިގެން ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރ މުޢާޒު ޙަލީމާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސްގެ އިތުރުން، ޤައުމީ ދިފާޢީ ބާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ޤައުމީ ދިފާޢީ ބާރުގެ މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޑްވައިޒަރ، ކާނަލް އަމާނުﷲ އަޙްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.