ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިވެހިރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގައި ހުންނަވާ ޝާޒޭ ދަފެއަރ މިސް. ޗުނޮންގ ސެއިގަރ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ދެ ބޭފުޅުން މަޝްވަރާކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެމެރިކާ ސަރުކާރަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.