ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ، މިހާރަށްވުރެ ވަރުގަދަ އަދި ވިލުންވެރި ޤައުމެއް ކަމަށް ދިވެހިރާއްޖެ ހެދުމަށެވެ. މި މަސައްކަތުގައި އަޅުގަނޑުމެންނާއެކު ޙިއްސާވާ އިދާރާއަކީ:

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް) މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ.

ފަހުގެ އަދާހަމަ

ކުރިޔައްއޮތް ހަރަކާތްތަކުގެ ތެރެއިން

ކޮންފަރެންސްގެ ޝަރަފުވެރި މެހުމާނަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގައި ޒަމާނުއްސުރެ ދެމިއޮތް ޞުލްޙަވެރި ކަމަކީ ޤައުމުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސް ކަމުގައާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ ސަބަބުން މުޖުތަމަޢުގެ ބަދަހިކަމާއި ދިވެހިންގެ އުފާފާގަތިކަމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި، އަނިޔާވެރިކަމާއި ފިތުނައުފެއްދުން ހުއްޓުވައި އިސްލާމް ދީނުގެ ރިވެތި އުސޫލުތައް އޮޅުންފިލުވައިދީ، ވިލުންތެރި މުޖުތަމައެއް އުފެއްދުމަށްޓަކައި 'މުޅިސަރުކާރު' އަދި 'މުޅި މުޖުތަމަޢު' ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.