ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވުޒާރާ ޒިންމާދާރު ކުރުވަން ހަމަޖެހިފައިވާގޮތް
ދިފާއީ އަދި ވަތަނީ ޚިދުމަތާއި ބެހޭ ވުޒާރާ އިން ފޯރުކޮށްދޭ ޚިދުމަތަކާ ގުޅޭގޮތުން ޚިދުމަތް ހޯދާފަރާތްތަކުގެ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިގޮތުން ލިބޭ ޝަކުވާތަކަށް އިޖާބަދީ ޙައްލު ހޯދާދެމުން ގެންދެވެއެވެ. ހަމައެއާއެކު، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ވުޒާރާއިން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ފޮނުވާ ސުވާލުތަކަށް ޖަވާބުދެމުން ގެންދެވެއެވެ.
މީގެ އިތުރުން، ދިފާޢީ އަދި ވަތަނީ ޚިދުމަތާއި ބެހޭ ވުޒާރާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވުޒާރާ ހިންގެވުމަށް ވަޒީރަކު ކަނޑައަޅުއްވާ، ޤާނޫނު އަސާސީގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު ތަކާއި ވުޒާރާހިންގެވުން އެ ވަޒީރާއި ޙަވާލުކުރައްވާފައިވާ ތަނަކަށްވުމާއެކު، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ އަށާއި، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވޭނެއެވެ.