ރައްޔިތުންނަށް އޭގެ އަސަރު ފޯރާގޮތަށް ވުޒާރާއިން ނިންމާފައިވާ ނިންމުންތަކާއި، އެ ނިންމުންތައް ނިންމަން ޖެހުނު ސަބަބު
މި ވުޒާރާއާއި ޙަވާލުކުރައްވާފައިވާ ގިނަ މަސައްކަތްތަކަކީ، ސެކިއުރިޓީ އަދި ސޭފްޓީ އާއި ގުޅުންހުރި މަސައްކަތް ތަކަކަށްވާތީ، ސެކިއުރިޓީ އަދި ސޭފްޓީ އާއި ގުޅޭ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ރައްޔިތުންނަށް އޭގެ އަސަރު ފޯރާނެ ބައެއް ކަންކަން މި ވުޒާރާއިން ނިންމާފައިވާނެއެވެ. މިގޮތުން އަންނަނިވި ކަންކަން އަންނަނިވި ގަވާއިދުތަކުގެ ދަށުން މި ވުޒާރާއިން ހިފެހެއްޓުމަށް ނިންމާފައި ވެއެވެ.
1- ނުރައްކާތެރި ކެމިކަލް އާއިބެހޭ ގަވާއިދު (މި ގަވާއިދުގައި މަނާކަމަށް ބަޔާންކޮށްފައިވާ އެންމެހާ ކަންކަން)
ސަބަބު: މި ނިންމުން ނިންމަންޖެހުނީ ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރާ ފަރާތްތައް ގިނަވެ، ގެންނަ ކެމިކަލްތައް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ސަލާމަތީގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ ހުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާ މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ލިބެމުންދާތީއެވެ.
2- ތެލުގެ ބާވަތްތައް ގެންގުޅެ ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު (މި ގަވާއިދުގައި މަނާކަމަށް ބަޔާންކޮށްފައިވާ އެންމެހާ ކަންކަން
ސަބަބު: މި ނިންމުން ނިންމަންޖެހުނީ ތެލުގެ ބާވަތްތައް ގުދަންކޮށްފައި ހުންނަތަންތަނުގައިވެސް ސަލާމަތީގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅާ ހުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާ މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ލިބެމުންދާތީއެވެ.