ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވުޒާރާ އިން ގެންގުޅެ ބަލަހައްޓާ މަޢުލޫމާތު
ވުޒާރާގެ މޭންޑޭޓްގައިވާ މަސައްކަތް ތަކާއި، އެކިއެކި ޤާނޫނު ތަކުން ވުޒާރާގެ މައްޗަށް ލާޒިމް ކުރާ ކަންކަން ކުރުމަށްޓަކައި ފައިލިން ސިސްޓަމް ބޭނުންކޮށްގެން ލިޔެކިޔުންތައް ބެލެހެއްޓެއެވެ. މިގޮތުން މާސްޓަރ ފައިލް ޕޯޓަލް ސިސްޓަމެއް ބޭނުންކޮށްގެންނާއި، ގަވަރންމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ބޭނުންކޮށްގެން ލިޔެކިޔުންތައް ބެލެހެއްޓެއެވެ. އަދި މީގެ އިތުރުން އެ ސެކްޝަނަކުން ހިންގާ މަސައްކަތްތަކާއި ބެހޭ ލިޔެކިޔުންތައް އެސެކްޝަނަކުން ބަލަހައްޓަމުން ގެންދެއެވެ. މިގޮތުން އަންނަނިވި މަސައްކަތް ތަކާއި ބެހޭ ލިޔުންތަކާއި އަދި އޭގެ އިތުރުންވެސް މި ވުޒާރާއިން ކުރާ މަސައްކަތް ތަކާއި ބެހޭ ލިޔުންތަކާއި މައުލޫމާތުތައް ބަލަހައްޓަމުން ގެންދެވެއެވެ.
1- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ގެ މޭންޑޭޓްގައި ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުމަށްޓަކައި، އެއްކުރެވޭ އަދި ބޭނުންކުރެވޭ އެންމެހާ މައުލޫމާތު
2- ވުޒާރާގެ މޭންޑޭޓްގައިވާ މަސައްކަތްތައް ކުރުމަށްޓަކައި ހެދޭ އެގްރިމެންޓްތަކާއި އެމް.އޯ.ޔޫ ތަކާއި ގުޅޭ އެންމެހާ މައުލޫމާތު
3- ވުޒާރާއިން ޢާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި، އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި، ގަވާއިދުތަކާއި ގުޅޭ އެންމެހާ މައުލޫމާތު
4- މިނިސްޓްރީން ކުރަން ރާވާފައިވާ މަސައްކަތްތަކާއި، އެކަންކަމަށް ހިނގާނެ ޚަރަދާއި އަދި ބަޖެޓާއި ބެހޭ އެންމެހާ މަޢުލޫމާތު
5- އެކި ކަންކަމަށް ވުޒާރާއިން ދޭ ހުއްދަތަކާއި އެ ހުއްދަތައް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި ގުޅޭ އެންމެހާ މައުލޫމާތު
6- ސަރުކާރުގެ އެކި އޮފީސްތަކުން ކޮށްދިނުމަށް އެދޭ ކަންކަމާ ގުޅޭ އެންމެހާ މަޢުލޫމާތު