ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު، ށ. ފުނަދޫ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މިއީ، އެމްއެންޑީއެފް އިން ށ.ފުނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އެއަރ ސްޓޭޝަންއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ދިފާޢީ ވަޒީރުގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އަދި ރައްޔިތުންގެ މަޖިލީހުގެ ށ.ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ބައިވެރިވެވަޑައިގެންނެވިއެވެ.