ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވެރިންގެ ޓީމަކާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ފަރާތުން ކުރިމަގުގައި ހިންގެވުމަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު ޙިއްސާކުރައްވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެއެވެ.
ދިފާޢީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.