ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" އާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

24 އޯގަސްޓު 2026

"މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" އަށް ވާސިލުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާގުޅޭ މަޝްވަރާ ބައްދަލުވުމެއް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގައި މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު އާއި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ގެ އިތުރުން މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.