ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިވެހި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތުގެ ތެރެއިން ކޯސްޓުގާޑަށް އަލަށް ހޯދާ 20 ހާބަރ ކްރާފްޓް ބަނުމުގެ މަސައްކަތް ހިނގަމުންދާގޮތް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބްލް ޙަސަން ރަޝީދު ބައްލަވާލައްވައިފިއެވެ.
އަދި މިމަހުގެ 20 ވަނަ ދުވަހު ފެށުނު، ކ. ގިރިފުށީ ބިން ހިއްކުމާއި، އެ ރަށުގައި ޤާއިމްކުރެވޭ ދިފާޢީ ދާއިރާގެ ތަރައްޤީއާ ގުޅޭ އެކި ވަސީލަތްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ވަޒީރު ބައްލަވާލެއްވިއެވެ.