ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ޔޫ.އެން.އޯ.ޑީ.ސީ. ގެ އިސްވެރިޔާ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

23 ޖުލައި 2026

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ)ގެ އޮފިސަރ އިން ޗާރޖް، މރ. އެންރީކޯ ބޮނިންސެންޔާ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ފަރާތް ގުޅިގެން ކުރަމުންދާ ދިފާޢީ ދާއިރާއާ ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި އަދި ޔޫ.އެން.އޯ.ޑީ.ސީ ގެ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެ އިތުރު ކަންކަން ދެނެގަތުމާ ގުޅޭގޮތުންނެވެ. 

އަދި ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭ ކަންކަން ތަންފީޒުކުރުމުގައި ޔޫ.އެން.އޯ.ޑީ.ސީ. އިން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.