ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ހދ.މަކަނުދޫ ކައުންސިލާ ބައްދަލުކުރައްވައިފި

09 ޖުލައި 2026

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބްލް ޙަސަން ރަޝީދު، ހދ.މަކަނުދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަކުނުދޫގައި ދިފާޢީ ވުޒާރާގެ ފަރާތުން ޤާއިމްކޮށްފައިވާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި އިތުރަށް ޤާއިމްކުރުމަށް ޕްލޭންކުރެވިފައިވާ ޚިދުމަތްތައް ދޭންފެށުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.