ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
.png)
އެމްއެންޑީއެފް ގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ޓްރޭނިންގ ދިވެހިރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު، އައިލެންޑް އޭވިއޭޝަން ސަރވިސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެއަރބޯރން ތަމްރީންތަކާއި އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު ވަޞީލަތްތައް ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރައްވަމުންނެވެ.