ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

20 މޭ 2026

މުއްދަތު ހަމަވެފައި

އަންދާސީހިސާބު ބޭނުންވެއްޖެ.

ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މި ވުޒާރާ ގެ ނަންބަރު (IUL)28-FA-1/1/2026/154 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މިކަމަށް އަލުން އިޢުލާންކުރީމެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ. 

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 04 ޖޫން 2026 ވަނަ ދުވަހުގެ 09:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. 

·         އީމެއިލް އެޑްރެސް: [email protected]

·         ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)

·                             ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކުރެއްވުމަށް: 9772601

އެންޓްރީ ތަފްސީލް

ނަންބަރ: (IUL)28-FA-1/1/2026/164

ތާރީހް: 20 މެއި 2026 - 22:08

ހުށަހަލާ ތާރީހް: 4 ޖޫން 2026 - 09:00

ކުރިއަށް ދަނީ

އެޓޭޗްމަންޓް