ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ވޯލް މައުންޓް އެއަރ ކޮންޑިޝަން ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

09 ޖޫން 2026

މުއްދަތު ހަމަވެފައި

އަންދާސީހިސާބު ބޭނުންވެއްޖެ.

ވޯލް މައުންޓް އެއަރ ކޮންޑިޝަން ސިސްޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ. 

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 18 ޖޫން 2026 ވަނަ ދުވަހުގެ 10:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 500.00ރ (ފަސް ސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

·         އީމެއިލް އެޑްރެސް: [email protected]

·         ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)

·         މެސެޖުކުރެއްވުމަށް: 9772601

އެންޓްރީ ތަފްސީލް

ނަންބަރ: (IUL)28-FA-1/1/2026/181

ތާރީހް: 9 ޖޫން 2026 - 11:58

ހުށަހަލާ ތާރީހް: 18 ޖޫން 2026 - 10:00

ކުރިއަށް ދަނީ